ލޮގްއިން ކުރައްވާ

 
އީ-މެއިލް :
ޕާސްވޯޑް :

ލޮގްއިން
ކެންސަލް
 

ލޮގްއިން ކުރައްވާ

 

ކެންސަލް
ލޮގްއިން
20 އޭޕްރީލް 2014
 ،
އާދިއްތަ
 ،

ބޭރުގެ ނުފޫޒު އަންނަކަމަށް ވަހީދު ވިދާޅުވަނީ ކުރެވިފަ އޮތް ކަމެއްގެ ސަބަބުން: ނަޝީދު


ގުފްތަގު އަޖީރު - ގުފް
2013-07-27 18:11:02
 

އެމްޑީޕީގެ ވެރިކަމުގައި ބޭރުގެ ނުފޫޒު އޮތްކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަންމަނިކަށް ހީފުޅުވަނީ އެމަނިކުފާނަށް ކުރެއްވިގެން އުޅޭ ކަމެއްގެ ސަބަބުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ބޭރުގެ ނުފޫޒުއޮތްކަމަށް ދޭހަވާގޮތަށް ރައީސް މުހައްމަދު ވަހީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނުފޫޒަކަށް ވަނީ ނޭދޭކަމެއް ބަޔަކު ކުރުވަން އުޅޭ އުޅުންކަމަށެވެ. އެހެންބަޔަކު ކަމެއް ކުރުވަން އުޅެނީ ނުރަގަނޅު ކަންތައްތަކެއް ކުރެވިފައި ހުރުމުން ކަމަށެވެ. ބޭރުގެ ގައުމުތަކުން އިންސާނީ ހައްގުތައް ހިފޭއްޓުމަށް އެދޭކަމަށާއި، އިންތިހާބަކުން ނޫނީ ވެރިކަން ބަދަލުނުކުރުމަށްވެސް ބޭރުގެ ގައުމުތަކުން އެދޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކުރީގެ ނައިބުރައީސަށް ބޭރުގައުމުތަކުގެ ނުފޫޒު އޮތްކަމަށް ދެކިވަޑައިގަންނަވަނީ އެ ބޭފުޅާއަށް ކުރެވިފައި ހުރި ކަމެއްގެ ސަބަބުން. އަޅުގަނޑުމެން ވެރިކަމަށް އައީމަ ނޯންނާނެ އިރާދަ ކުރެއްވިޔާ ނުފޫޒެއް. އެއީ ގާނޫނީ ވެރިކަމެއް ހިނގާތީ. އާންމު އުސޫލުތަކާ އެއްގޮތް ވެރިކަމެއް ހިނގާތީ. އެހެންނަމަވެސް އަޅުގަނޑުމެން ގައުމުހިންގަމުން ދާއިރުގައިވެސް ބޭރު ގައުމުތަކުގެ މަޝްވަރާއާއި ލަފާ އަޅުގަނޑުމެންނަށް ލިބޭނެ. އެ ލަފައާއި މަޝްވަރާގެ މައްޗަށް ބުރަވާނެ މިންވަރެއް އަޅުގަނޑުމެން ކަނޑައަޅާނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރެވޭ ގޮތަށް." އެމްޑީޕީގެ ފޮރިން ޕޮލިސީ އިފްތިދާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުތައް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދުވެސް ވަނީ ކުށްވެރިކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ގައުމީ މަންހަޖު އެކުލަވާލުމުގައި ބޭރުގެ ނުފުޒޫ އޮތްކަމަށް ވިދާޅުވެ ރައީސް ވަހީދު ދެއްކެވި ވާހަކަ ފުޅަކީ ކަނޑައެޅިގެން ރައްޔިތުންނަށް ހެއްދެވި އިތުރު ފުޅެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ މަންހަޖު އެކުލެވިގެން ވަނީ ވަރަށްބޮޑަށް ބޭރުގެ ނުފޫޒު އޭގެ ތެރޭގަ އެކުލެވިގެންނޭ. އަޅުގަނޑުމެންގެ ސަރުކާރުގަ ބޭރުގެ ނުފޫޒާ އެއްގޮތަށް ގައުމީ މަންހަގު ބައްޓަން ކުރަމުން ގެންދިޔަ ވާހަކަ. އަޅުގަނޑަކީވެސް ފާއިތުވީ ތިން އަހަރު ދުވަހު އެމްޑީޕީ ސަރުކާރުގަ ނައިބަކަށް މަސައްކަތްކުރި މީހަކަށް ވާހިނދު، ދިވެހިރައްޔިތުންނަށް މިހާ ފާޅުކަން ބޮޑުގޮތެއްގަ ރައީސް ވަހީދު މިވަނީ ވިދާޅުވެފަ." ޝިފާ ވިދާޅުވި އެވެ.  

 


ޚިޔާލެއް ފާޅުކުރައްވާ   
އަތޮޅާއި ރަށް: ނަން:
ފޯން: އީ-މެއިލް:
މިޚިޔާލު ހުށަހަޅާ

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player